އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް ޕެންޝަން ނިޒާމާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ޕެންޝަން އޮފީހުން ބާއްވައިފި އެވެ.
އޯގަސްޓް 1، 2024 ވަނަ ދުވަހު ބޭއްވުނު މި ސެޝަން އަމާޒުކޮށްފައިވަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި ރާއްޖޭގެ ޕެންޝަން ނިޒާމާ ބެހޭ އަސާސީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ. މި ސެޝަންގައި އިލެކްޝަންސް ކޮމިޝަންގެ އެކި ޑިޕާރޓްމަންޓްތަކުގެ 50 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ސެޝަނަކީ ޕެންޝަނާއި ބެހޭ ހޭލުންތެރިކަން އިތުރުކޮށް މަޢުލޫމާތު ފެތުރުމަށް ޕެންޝަން އޮފީހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.